Legal · v2.0 · English + ދިވެހި

Rider agreement

Official terms in Dhivehi and English. A personalized bilingual copy is saved with every booking.

ސައިކަލުކުއްޔަށް އަންނަވާ ކަންކަމަށް
ސައިކަލުކުއްޔަށް ނަގާ ހުރިހާ ފަރާތްތަކަކުންވެސް
އެއްބަސްވެ ޙިމާޔަތު ވުންވާނެގެ

DIH Rental · ބުކިން [Booking ref] · ވާޝަން 2.0 · 08 Aug 2026 20:25

ކުއްޔަށްނަގާ: [Renter name] · [Phone] · ލައިސަން [Licence]
ސައިކަލް: [Motorcycle] ([Model]) · [Plate] · [Start date] → [End date] · MVR 280.00

  1. ސައިކަލުގެ ގެންގުޅުމުގައި އަމިއްލަ އިހުމާލުން ލިބޭ ގެއްލުންތަކަށް ޒިންމާވާނީ ކުއްޔަށްނަގާ ފަރާތެވެ. އެކްސިޑެންޓެއް ގެއްލުމެއް ވެއްޖެނަމަ ފުލުހުންނަށް ރިޕޯޓް ކުރަން ވާނެއެވެ. އެހެން މީހެއްގެ އިހުމާލުން އެކްސިޑެންޓެއްވެ ގެއްލުމެއްވެއްޖެ ނަމަ ރިޕޯޓް ކުރަންވާނެވެ. ރިޕޯޓް ނުކޮށް ދޫކޮށްލުމަށްފަހު އަތުވެއްޖެނަމަ، ސައިކަލަށް ވާ ގެއްލުމުގެ ޒިންމާ ނަގާނީ ކުއްޔަށްހިފާ ފަރާތުންނެވެ.
  2. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ނުވަތަ އެއްވެސް ގަވާއިދަކަށް މަނާކޮށްފައިވާ ކަމެއް ކުރުމަށް، ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވުމަށް، DIH Rental އިން ކުއްޔަށް ނަގައިފައިވާ ސައިކަލެއް ބޭނުންކޮށްގެން ނުވާނެއެވެ.
  3. ސައިކަލު ދުއްވަންވާނީ ސައިކަލުކުއްޔަށް ނަގާ ފަރާތުންނެވެ. ކުއްޔަށްނަގާ ފަރާތް ނޫން އެހެން ފަރާތަކުން ދުއްވައިގެން ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކުއްޔަށްނަގާ ފަރާތުންނެވެ. މިފަދަ ޙާލަތުގައި އިންޝުއަރެންސްއިން ކަވަރެއް ނުކުރާނެއެވެ. ކުއްޔަށްނަގާ ފަރާތް ނޫން އެހެންފަރާތެއް ދުއްވައިކޮށް ސައިކަލަށް ގެއްލުމެއް ވެއްޖެނަމަ، ސައިކަލު މަރާމާތުކުރުމަށް ނަގާ މުއްދަތަށް ދުވަހުން ދުވަހުން ކުއްޔުގެ އަގަށް ފައިސާ ދައްކަން އެއްބަސްވަމެވެ.
  4. ސައިކަލާއެކު ދެވޭ ހެލްމެޓަށް ސައިކަލު ކުއްޔަށް ނަގާ ފަރާތުގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ ހެލްމެޓެއްގެ އަގަށް ފައިސާ ދޭން ޖެހޭނެއެވެ. ހެލްމެޓެއްގެ އަގަކީ MVR 400 އެވެ.
  5. ސައިކަލު ދުއްވާއިރު ޕެޓްރޯލް އެޅުމަކީ ކުއްޔަށްނަގާ ފަރާތުގެ ޒިންމާއެކެވެ. ޕެޓްރޯލް މީޓަރް ބްލިންކްގެ ޙާލަތުގައި އަނބުރާ ގެނެސްފި ނަމަ MVR 15 ގެ ޗާޖެއް ނަގާނެއެވެ.
  6. ސައިކަލަށް ދައްކަންޖެހޭ ކުލި، ސައިކަލު ހަވާލުވާ ކުރާ ވަގުތު ނޫނީ ހަވާލު ވުމުގެ ކުރިން ދައްކަން ވާނެއެވެ. ކުއްޔަށް ނަގާ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، ކޮއްދެވޭނީ ފައިސާ ދެއްކުމުންނެއެވެ. މިގޮތުން ކުލީގެ ޖޫރިމަނާ، ހެލްމެޓަށް ގެއްލުންވެގެން ނެގޭ ފައިސާ، ރިޕެއަރ ފީ، ނުވަތަ ސައިކަލުގެ ރެމޯޓް ގެއްލިގެން ނެގޭ ފައިސާގެ ގޮތުގައި DIH Rental އަށް ނަގާ ފައިސާ، DIH Rental އިން ޙައްޤުވާ ގޮތުގެމަތިން ގަވާއިދުން ދައްކަމުންނުފެންނަމަ، އެމިހެއްގެ މައުލޫމާތު DIH Rental ގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އާންމު ކުރެވިދާނެއެވެ.
  7. ސައިކަލް ދުއްވަންވާނީ ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުގެ ޢާންމު ގަވައިދު 2021/R-131 ގައި ދުއްވުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  8. ސައިކަލުކުއްޔަށް ހިފައިވާ މުއްދަތުގެ ތެރޭގައި އަރާ ހުރިހާ ޖުރުމާނާއަކަށްވާ ފައިސާ ދައްކާނީ ކުއްޔަށްހިފާ ފަރާތުންނެވެ. މީގެ ތެރޭގައި ޕާކިން، ސްޕީޑިން، މައިލޭޝަން، ޓޯލް / ރޯޑް ފީ، ނުވަތަ އެހެނިހެން ގަވާއިދަކަށް ހިލާފުވެގެން އަރާ ޖުރުމާނާއަށްވާ ފައިސާ DIH Rental އަށް ދެއްކުމަށްވެސް ޝާމިލެވެ.
  9. އެއްގަމު ޙުމަދު ޕާކްކުރުމުގެ ގަވާއިދަށް ހިލާފަށް ފަކަށްކޮށްގެން، ނުވަތަ އެއްގަމު ޙުމަދުދުއްވުމުގެ ޢާންމު ގަވާއިދާއި ހިލާފުވެގެން ފުލުހުން ސައިކަލު ޓޯވް ކޮށްނަމަ، ޓޯވް ޔާޑަށް ދައްކަންޖެހޭ ފައިސާއާއި އެހެނިހެންވެސް ޖުރުމާނާ DIH Rental އަށް ދައްކަން، ކުއްޔަށްނަގާ ފަރާތުން އެއްބަސްވަމެވެ. އަދި ޓޯވްކުރާ މުއްދަތަށް (ދުވަސްތަކަށް) ދުވަހުގެ އަދަދަށްވާ ދުވަހުކުއްޔު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުއްޔަށްހިފާ ފަރާތުން DIH Rental އަށް ދައްކަންވާނެއެވެ.
  10. ސައިކަލުގެ ތަޅުދަންޑި / ރިމޯޓް ގެއްލިއްޖެނަމަ، ތަޅުދަންޑި / ރިމޯޓް އަލުން ހެއްދުމަށް ހިނގާ ޙަރަދު، ކުއްޔަށްހިފާ ފަރާތުން DIH Rental އަށް ދައްކަން ވާނެއެވެ. ތަޅުދަން ހެއްދުންވާނީ ސައިކަލުގެ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ސަރވިސް ސެންޓަރަކުންނެވެ.
  11. ސައިކަލުކުއްޔަށް ހިފައިވާ މުއްދަތު ހަމަވުމުން، ނުވަތަ ހަމަވުމުގެ ކުރިއަށް، ސައިކަލު އަނބުރާ ހަވާލުކުރުމަށް ބޭނުންވާނަމަ DIH Rental ގެ ނަންބަރު 7494900 އަށް 60 މިނެޓް ކުރިން އެންގުމުން، ސައިކަލަށް އަނބުރާ ހަވާލުވުމަށް އެފަރާތެއް ހުރި ތަނަކަށް DIH Rental ގެ ފަރާތުން ދާނެއެވެ. މަދުވެގެން 30 މިނެޓުގެ ނޯޓިސްއެއް ނުދޭ ފަރާތްތަކުން، ސައިކަލު ހަވާލުކުރަންޖެހޭތަނަށް އެފަރާތެއް ޙަމަލާއަށް DIH Rental ގެ މާލޭ / އޮފީހަށް ގޮސްގެންވެއެވެ. ސައިކަލުކުއްޔަށް ހިފައިވާ ވަގުތު ހަމަވެގެން އިތުރަށް ނެގި ވަގުތަށް، ގަޑިޔަކަށް MVR 60 އާއި MVR 280 އާއި ދެމެދުގެ އަގެއް، ގެއްލުމުގެ ބަދަލުގެ ގޮތުގައި، ކުއްޔަށްހިފާ ފަރާތުގެ އަތުން ނެގުމުގެ އިޚްތިޔާރު DIH Rental އަށް ލިބެގެންވެއެވެ.
  12. މަތިގައިވާ އެއްވެސް ގަވާއިދަކަށް ހިލާފުވެއްޖެނަމަ، ކުއްޔަށް ހިފައިވާ މުއްދަތު ހަމަނުލައިގެންވެސް، ސައިކަލު އަތުލުމުގެ ބާރު ކުއްޔަށްދޭ ފަރާތަށް (DIH Rental) ލިބެގެންވެއެވެ. މިފަދަ ޙާލަތެއްގައި ސައިކަލު އަތުލަނަމަ ރިފަންޑެއް ނުލިބޭނެއެވެ.

މި އެއްބަސްވުމަށް [Renter name] އެއްބަސްވީ [Accepted at].

Book a motorcycle Back to home